Author: admin
-
ސިފައިންގެ ފޮޓޯ މަޢުރަޒު ރ.ދުވާފަރުގައި މިއަދު އިފްތިތާޙް ކޮށްފި
124 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ 17 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު މިއަހަރު ރ.ދުވާފަރުގައި ބާއްވާގޮތަށް ހަމަޖެހި ، މިއަދުގެ ހަވީރު 4.10 ގައި ފެށިގެން ކުރިއަށް އެބަދެއެވެ .މިއީ ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ .މިމައުރަޒު އިފްތިތާޙްކޮށްދެއްވީ ރ.އަތޮޅުކައުންސިލްގެ ރައީސް އަންވަރު އިބްރާހީމްއެވެ. މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ…
-
ދުވާފަރު ކައުންސިލްގެ އިދާރާގައި އައި،ޑީ ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމްކޮށްފި
2016 އެޕްރީލް މަހުން ފެށިގެން ދުވާފަރު ކައުންސިލްގެ އިދާރާގައި އައި،ޑީ،ކާޑު ކަލެކްޓިންގ ޕޮއިންޓެއް ޤާއިމްކޮށް އައި،ޑީކާޑު ހަދާދިނުމުގެ މަސައްކަތް ފަށައިއެވެ . މިއީ ދުވާފަރުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފަސޭހަ ކަމާއިއެކު ، އެޚިދްމަތް ލިބޭނޭ މަގު ތަނަވަސް ކުރުމުގެ ގޮތުން ދުވާފަރު ކައުންސިލްގެ ޚަރަދުގައި ޤާއިމްކުރެވުނު ކަލެކްޓިންގ ޕޮއިންޓެކެވެ .
-
ދިވެހި ސަރުކާރުގެ ޚާއްޞަ ޕްރޮޖެކްޓެއްގެ ދަށުން ދުވާފަރުގެ މުހިންމު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށެނީ ..
ދިވެހި ސަރުކާރުގެ ޚާއްޞަ ޢިނާޔަތެއްގެ ދަށުން ދުވާފަރުގެ މުހިންމު މަގުތަކުގައި ތާރުއަޅާ ޒަމާނާ އެކަށޭނަ ފެންވަރެއްގައި މަގުތަށް ތަރައްޤީ ކުރުމުގެ ޕްރޮޖެކްގެ ދަށުން ، ދުވާފަރުގެ މަގުތަށް ސާރވޭކޮށް ނިމިއްޖެއެވެ . ސާރވޭ ކުރުމުގެ މަސައްކަތް ނިންމާލީ 3 މެއި 2016 ވަނަ ދުވަހުއެވެ . އަދި މި ޕްރޮޖެޓްގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމަށް މިހާރު ވަނީ އިޢްލާން ކުރެވިފައެވެ . މި ޕްރޮޖެކްޓަކީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ…
-
އަމިއްލަ ފަރާތެއްގެ ދީލަތި އެހީތެރި ކަމާއިއެކު ދުވާފަރުގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކުރަނީ ..
ދުވާފަރު ކައުންސިލުން ހުށަހެޅި ޕްރޮޕޯސަލެއްގެ ދަށުން ، ދުވާފަރު ގައި ކުޑަކުދިންގެ ޕާރކެއް ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ފެށި ކުރިއަށް އެބަދެއެވެ . މިއީ ޢަބްދުއްރައްޒާޤް ފައުންޑޭޝަންގެ ފަރާތުން ގ.ވަށްފުށި އަލްފާޟިލް އަޙުމަދު ވަޙީދުގެ އަމިއްލަ ޚަރަދުގައި ދުވާފަރުގެ ރައްޔިތުންނަށް ތަރައްޤީ ކޮށްދެއްވާ ޕާރކެކެވެ . ޢަމަލީގޮތުން މިމަސައްކަތް ރާވާ ހިންގުމަށް ޙަވާލުވެ ހުންނަވަނީ ، ރ.ކަނދޮޅިުދޫ ޖަނބުރޯލް ގަސްދޮށުގޭ އަލްފާޟިލް އިބްރާހީމް މިރުޒާ އެވެ .
-
ދުވާފަރު ޞިއްހީ މަރުކަޒުގެ 2 ބުރި ޢިމާރާތާއި މަގުފާރުގެ މަސައްކަތް ކުރިއަށް ދަނީ ،
ދުވާފަރު ޞިއްޙީ މަރުކަޒުގެ 2 ބުރި ޢިމާރާތުގެ މިފިޔަވަހީގެ ދަށުން ކުރަން ކަނޑެއެޅިފައިވާ 2ބުރި ޢިމާރާތުގެ ތިރީބައިގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ . މީގެ އިތުރުން މަރުކަޒުގެ ހޯލްފާރުގެ މަސައްކަތް މިހާރުވަނީ އެއްކޮށްނިމިފައެވެ .
-
ދުވާފަރު ފުޓްބޯޅަ ދަނޑުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދަނީ
ސްޕޯރޓް އެރީނާ ޕްރޮޖެކްޓްގެ ދަށުން ތަރައްޤީ ކުރެވޭ ދުވާފަރު ފުޓްބޯޅަ ދަނޑުގެ 2 ވަނަ ފިޔަވަހީގެ މަސައްކަތް ފެށި ، ފުޓްބޯޅަދަނޑުގެ ވަށާފެންސް ޖެހުމަށްޓަކައި ހޮޅި އެޅުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީއެވެ . މިފިޔަވަހީގެ ދަށުން އިތުރަށް ކުރަންހުރި މަސައްކަތްތަކުގެ ތެރޭގައި ވަށާފާރުގެ ދެފަރާތުގައި ސިމެންތި ޖެހުމާއި ، ވޯލްސީލާ ލުމާއި ގޭޓްތަކުގެ ތަނބުތަށް ހެދުންފަދަ މަސައްކަތްތައް ކުރަންވަނީ ހަމަޖެހިފައެވެ .
-
ދުވާފަރު ޕްރައިމަރީ ސްކޫލްގެ އޮޑިޓޯރިއަމް ޢިމާރާތްކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށް ދަނީ
ދުވާފަރު ޕްރައިމަރީ ސްކޫލްގެ އޮޑިޓޯރިއަމް ޢިމާރާތް ކުރުމުގެ މަސައްކަތުގެ ތެރެއިން ، ތިރީބައިގެ ކޮންކްރިޓްގެ މަސައްކަތްތަކާއި ، ޝީޓް އެޅުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ . މިހާރު ކުރިއަށް ދަނީ 2 ވަނަބުރީގެ މަތީ ތަނބުތަށް ރާވާ ހެދުމުގެ މަސައްކަަތްތަކެވެ . މި ޕްރޮޖެކްޓްގެ ކޮންޓެކްޓަރ އަކީ އެލަވަރު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އެވެ . ޕްރޮޖެޓްގެ ވެރި ފަރާތަކީ ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން އެވެ .