- ރަށުގެ ވަނަވަރު ( މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު )
ދުވާފަރަކީ، 26 ޑިސެމްބަރ 2004 ގައި ދިމާވި ހިތާމާވެރި ސުނާމީ ކާރިޘާ އާއި ގުޅިގެން ވީރަނެވެދިޔަ ރ.ކަނދޮޅުދޫގެ ރައްޔިތުން އާބާދު ކުރުމަށްޓަކައި އާރާސްތު ކުރެވުނު ރަށެކެވެ.
މިރަށް ތަރައްޤީކުރެވުނީ ، އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކުރެސެންޓް ސޮސައިޓީސް (އައި،އެފް،އާރ،ސީ) އާއި ދިވެހި ސަރުކާރުގެ ޚަރަދުގައެވެ .
2006 ފެބުރުއަރީ 7 ގައި ތަރައްޤީކުރުމަށް ފެށުނު މިރަށުގެ މަސައްކަތްނިމި މިރަށަށް ކަނދޮޅުދޫ ރައްޔިތުން ބަދަލުކުރެއްވީ 9 ޑިސެމްބަރ 2008 ގައެވެ.
- ރަށާއިބެހޭ މަޢުލޫމާތު :
- ރަށުގެނަން : ދުވާފަރު
އަތޮޅު : މާޅޮސްމަޑުލުއުތުރުބުރީ (ރ)
އާބާދީ : 4563 (އަންހެން 2210) (ފިރިހެން 2353) 2015 އޮކްޓޯބަރމަހުގެ ނިޔަލަށް
ރަށުގެބޮޑުމިން : 42 ހެކްޓަރ
- ކުރާމައިގަނޑު މަސައްކަތް :
މިރަށުގެ މީހުންކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ . ތަފާތު ބާވަތް ތަކުގެ މަސްވެރިކަމުގެ މަސައްކަތް ކުރެއެވެ. މިގޮތުން ފާހަގަކުރެވެނީ ދޮށީގެ މަސްވެރިކަމާއި ހުއިފި ލަނޑާގެ މަސްވެރި ކަމާއި ފާނައިގެ މަސްވެރި ކަމެވެ.
- ތަޢުލީމް :
މިރަށުގައި ޕްރީ ސްކޫލުގެ ތަޢުލީމުން ފެށިގެން ޖީ ސީ އީ އޭ ލެވެލް އަށް ކިޔަވައިދެއެވެ. ސަރުކާރުން ހިންގާ 2 ސްކޫލް އާއި ކައުންސިލް އިދާރާގެ ފަރާތުން ހިންގާ 1 ޕްރީ ސްކޫލާއި އެކު ޖުމްލަ 3 ސްކޫލް މިރަށުގައި ހިންގައެވެ.
- ޞިއްޙަތު :
މިރަށުގައި ޞިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި ޞިއްޙީ މަރުކަޒެއް ޤާއިމް ކުރެވިފަވެއެވެ. ޞިއްޙީ ޚިދުމަތް ދެނީ ސަރުކާރުގެ ފަރާތުންނެވެ. މިއީ 24 ގަޑިއިރު ޚިދުމަތްދޭ ތަނެކެވެ. އެސް ޓީ އޯ ގެ ފަރާތުން އާސަންދައިގެ ޚިދުމަތް ލިބޭ ބޭސްފިހާރައެއް މިރަށުގައިވަނީ ޤާއިމް ކޮށްފައެވެ. އަދި އަމިއްލަ ފަރާތެއް ކަމަށްވާ ރ.ކަނދޮޅުދޫ ވާރޭވިލާ އަލްފާޟިލް ޤާސިމް ކަލޭފާނު ހިންގާ ބޭސްފިހާރައެއްވެސް މިރަށުގައި ހުރެއެވެ. އެތަނުންވެސް އާސަންދައިގެ ޚިދްމަތް ލިބެމުންދާކަން ފާހަގަ ކުރަމެވެ .
- ކުޅިވަރު :
މިރަށުގައި ތަފާތު ކުޅިވަރުތައް ކުޅެއެވެ. ޒުވާނުން އެންމެ ބޮޑަށް ކުޅޭ ކުޅިވަރު ތަކަކީ ފުޓުބޯޅަ އާއި ވޮލީއެވެ. އަންހެނުންކުޅޭ މައިގަނޑު ކުޅިވަރަކީ ނެޓްބޯޅަ އަދި ވޮލީ ބޯޅައެވެ. ސަޤާފީ ކުޅިވަރުތައް މަދުން ނަމަވެސް ކުޅެއެވެ.
- ރަށުގައިހުރި މުހިއްމު ތަންތަން :
1. ރ. އަތޮޅު މަދަރުސާ
2. ދުވާފަރު ޕްރައިމަރީ ސްކޫލް
3. ދުވާފަރު ކޮމިއުނިޓީ ޕްރީ ސްކޫލް
4. ދުވާފަރު އެޑްމިނިސްޓްރޭޓިވް ބިލްޑިންގ
- – މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
- – މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު މެޖިސްޓްރޭޓް ކޯރޓް
- – ރ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސާރވީސް ސެންޓަރ
- – ދުވާފަރު ޕޮލިސް ސްޓޭޝަން
- – އެމް،ޑަބްލިޔު،އެސް،ސީ ސީ،އެސް އޮފީސް
5. ދުވާފަރު ޞިއްހީ މަރުކަޒް
6. ދުވާފަރު އިންޖީނުގެ
7. އެމް. ޑަބްލިޔު. އެސް. ސީ / ސާރވީސް ސެންޓަރ
8. މަސްޖިދުލް ޞިރާޠު
9. މަސްޖިދުލް ފުރުޤާން
10. ދުވާފަރު ފުޓުބޯޅަ ސްޓޭޑިއަމް
11. ދުވާފަރު ފުޓްސެލް ދަނޑު
12. ދަތުރުވެރިންގެ ހިޔާ
- އާސާރީ ތަންތަން :
މިރަށުގައި ފާހަގަ ކުރެވި އަދި ހިމާޔަތް ކޮށްފައިވާ ސަރަޙައްދެއް އޮވެއެވެ. މިތަން ފާހަގަ ކުރެވިފައިވަނީ މިރަށުގައި ގެތައް ޢިމާރާތް ކުރެވެމުންދިޔަ ދުވަސްވަރު އެސަރަޙައްދުން މިސްކިތެއްގެ ތަރާގަނޑަކާއި ވަށައިގެންވާ ޤަބުރުސްތާނެއް ފެނުމުންނެވެ. މިރަށަކީ މަޝްހޫރު ދުވާފަރު ޢަލީ ދަންޑަހެލު އެރަށަކަށް ނިސްބަތްވާ ރަށެވެ .
- ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތައް :
ރަޖިސްޓްރީ ކޮށްގެން ޙަރަކާތް ތެރިވާ 13 ކުލަބު ޖަމްޢިއްޔާ މިރަށުގައި އޮވެއެވެ.
• ކުލަބް އިތާހާ
• ކުލަބް ސްޕަރ ސުޓާރ
• އެކަތިގަނޑު ޖަމްޢިއްޔާ
• ދުވާފަރު ޑިވްލޮޕްމަންޓް ސޮސައިޓީ
• ދުވާފަރު މަސްވެރިންގެ ޖަމްޢިއްޔާ
• ދައުރު ޖަމްޢިއްޔާ
• ގްރީންބެލްޓް ޕުރޮޓެކްޓިވް ސޮސައިޓީ
• ދުވާފަރު އަންހެނުންގެ ޖަމްޢިއްޔާ
• ދުވާފަރު އެކުވެރިންގެ ދިރުން
• ދުވާފަރު ޒުވާނުންގެ ޖަމްޢިއްޔާ
• ދުވާފަރު ސްޕޯރޓްސް އެކަޑަމީ
• ކުލަބް ޚިދުމަތްތެރިޔާ
• ދުވާފަރު އިސްލާމިކް މޫވްމަންޓް
- އޮޑިދޯނި ފަހަރު :
32 ދޯނި ( މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ )
3 ސްޕީޑްލޯންޗް ( ޢާއްމު ދަތުރުތަކުގައި މަސައްކަތްކުރާ )
- 1 ބޯޓް ( ވިޔަފާރި ދަތުރު ތަކުގައި މަސައްކަތްކުރާ )