ސިފައިންގެ ފޮޓޯ މަޢުރަޒު ރ.ދުވާފަރުގައި މިއަދު އިފްތިތާޙް ކޮށްފި

124 ވަނަ ސިފައިންގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ބާއްވާ 17 ވަނަ ސިފައިންގެ ފޮޓޯ މަޢުރަޒު މިއަހަރު ރ.ދުވާފަރުގައި ބާއްވާގޮތަށް ހަމަޖެހި ، މިއަދުގެ ހަވީރު 4.10 ގައި ފެށިގެން ކުރިއަށް އެބަދެއެވެ .މިއީ ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުރަޒެކެވެ .މިމައުރަޒު އިފްތިތާޙްކޮށްދެއްވީ ރ.އަތޮޅުކައުންސިލްގެ ރައީސް އަންވަރު އިބްރާހީމްއެވެ.

މި ފޮޓޯ މަޢުރަޒުގައި 1988 ނޮވެމްބަރު ތިން ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާއާ ގުޅުންހުރި ފޮޓޯތަކާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގައި ސިފައިން ކޮށްފައިވާ ބައެއް މަސައްކަތްތައް ދައްކުވައިދޭ ފޮޓޯތަކާއި، އިޖުތިމާޢީ އެކިއެކި ހަރަކާތްތަކުގެ އިތުރުން ސިފައިންގެ ތާރީޚާއި ރ.ކަނދޮޅުދޫއަށް ސުނާމީ ކާރިސާގައި ލިބުނު ގެއްލުންތައް ދައްކުވައިދޭ ފޮޓޯތަކާއި އަދި އިތުރުން ސިފައިންގެ ޚިދުމަތްތަކާ ގުޅުންހުރި ގިނަ ފޮޓޯތަކެއް ދައްކާލުމަށްވަނީ ހަމަޖެހިފައެވެ. މި ފޮޓޯ މައުރަޒު ކުރިއަށް ގެންދެވެނީ ރ.އަތޮޅުމަދަރުސާގެ “ކަނދޮޅުމާލަމް ” ގައެވެ .

މީގެއިތުރުން ، އެމްއެންޑީއެފް ނޮދަން އޭރިއާއާއި ރ.ދުވާފަރު ކައުންސިލްގެ އިދާރާ ގުޅިގެން އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ މިފޮޓޯ މައުރަޒުގެ ތެރެއިން ޢާއިލީ ހަވީރެއް މިމަހުގެ 11 ވާ ބުދަ ދުވަހު ބޭއްވުމަށްވެސްވަނީ ހަމަޖެހިފައެވެ. މި ޢާއިލީ ހަވީރު ކުރިއަށްދާނީ ދުވާފަރު ދަންޑަހެލު ސްޓޭޑިއަމްގައި އެދުވަހުގެ ހަވީރު 16:00 އިން ފެށިގެންނެވެ. މި ޢާއިލީ ހަވީރުގައި ސިފައިންގެ ޚިދުމަތްތަކާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ސްޓޯލްތަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް ކުޅިވަރުތަކާއި އެކިކަހަލަ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

 


Comments

24 responses to “ސިފައިންގެ ފޮޓޯ މަޢުރަޒު ރ.ދުވާފަރުގައި މިއަދު އިފްތިތާޙް ކޮށްފި”

  1. çeşme transfer

    çeşme transfer

  2. ސިފައިންގެ ފޮޓޯ މަޢުރަޒު ރ.ދުވާފަރުގައި މިއަދު އިފްތިތާޙް ކޮށްފި

    http://www.chicorodrigues.com.br/index.php/blog/item/8-the-hidden-entry?start=31370

  3. yasam ayavefe

    yasam ayavefe

  4. yasam ayavefe

    yasam ayavefe