ޚަބަރު

ދިވެހި ސަރުކާރުގެ ޚާއްޞަ ޕްރޮޖެކްޓެއްގެ ދަށުން ދުވާފަރުގެ މުހިންމު މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށެނީ ..

ދިވެހި ސަރުކާރުގެ ޚާއްޞަ ޢިނާޔަތެއްގެ ދަށުން ދުވާފަރުގެ މުހިންމު މަގުތަކުގައި ތާރުއަޅާ ޒަމާނާ އެކަށޭނަ ފެންވަރެއްގައި މަގުތަށް ތަރައްޤީ ކުރުމުގެ […]

ދިވެހި ސަރުކާރުގެ ޚާއްޞަ ޢިނާޔަތެއްގެ ދަށުން ދުވާފަރުގެ މުހިންމު މަގުތަކުގައި ތާރުއަޅާ ޒަމާނާ އެކަށޭނަ ފެންވަރެއްގައި މަގުތަށް ތަރައްޤީ ކުރުމުގެ ޕްރޮޖެކްގެ ދަށުން ، ދުވާފަރުގެ މަގުތަށް ސާރވޭކޮށް ނިމިއްޖެއެވެ . ސާރވޭ ކުރުމުގެ މަސައްކަތް ނިންމާލީ 3 މެއި 2016 ވަނަ ދުވަހުއެވެ . އަދި މި ޕްރޮޖެޓްގެ އެކިއެކި މަސައްކަތްތަކަށް ބޭނުންވާ މީހުން ހޯދުމަށް މިހާރު ވަނީ އިޢްލާން ކުރެވިފައެވެ . މި ޕްރޮޖެކްޓަކީ ސީދާ ހައުސިންގ މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ .

މި ކަމަށްޓަކައި ދައުލަތުގެ ވަލިއްޔުލް އަމްރު ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޢިއްޒަތްތެއރިއަރިއަހަށް ދުވާފަރު ރައްޔިތުން ޝުކުރުގެ ޖިޒީތައް ބަރުތީލަކޮށް ވެދުން ކުރަމެވެ . 

ހަމަމިނޭވާގައި ، ހައުސިންގ މިނިސްޓަރ ޑރ،މުޙައްމަދު މުޢިއްޒު އަށާއި ދުވާފަރުދާއިރާ ރައްޔިތުންގެ މަޖްލިސް މެންބަރ އަލްއަޚް މުޙައްމަދު ޢަލީ އަށް ޙައްޤު ޝުކުރު ދަންނަވަމެވެ .